ރާއްޖޭގެ ބައެއް ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ ބައެއް ސަރަޙައްދުތަކަށް ހުދު އެލަރޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ،(މެޓް) އިން ހުދު އެލަރޓް ނެރެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ސަރަޙައްދަށެވެ.
މި އެލަރޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:15 އިން ފަށައިގެން މެންދުރު 12:00 އާއި ހަމައަށެވެ.
މެޓުން ވިދާޅުވީ، އެލަރޓް ނެރެފައިވާ ވަގުތުތަކުގައި އެލަރޓް ނެރެފައިވާ ސަރަޙައްދަށް، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ