އެމްޑީޕީގެ ރައީސް ކަމަށް މީގެ ކުރިންވެސް އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް ކަމަށް  އެޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އިންތިހާބުކޮށްފިއެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް އެއްވެސް ބޭފުޅަކު ރައީސް ނަޝީދާ ވާދަކޮށްފައެއް ނުވެއެވެ. އެހެންކަމުން ރައީސްކަމުގެ އިންތިހާބު ކުރިއަށްދިޔައީ ފެންނަ ނުފެންނަ ވޯޓެއް ގޮތުގައެވެ.

އިއްޔެ 2:00 އިން ފެށިގެން ރޭ 7:00 ގެ ނިޔަލަށް އިންތިހާބުގެ ވޯޓުނެގުން ކުރިއަށް ދިޔައިރު، ނައިބު ރައީސް ކަމުގެ މަގާމަށް ޝިފާޒާ ވާދަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ޝިފާޒު އިންތިހާބު ކާމިޔާބު ކޮށްފައިވަނީ، ވޯޓުލީ މީހުންގެ 50.75 ޕަސެންޓް ކާމިޔާބު ކުރައްވައިގެންނެވެ

އެމްޑީިޕީން ބުނެފައިވާ ގޮތުގައި، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 87,439 މީހުންނަށް ލިބިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.