ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާ ދިއުމުގެ އަމަލިތަކާއި، ދީނަށް ގޮވާލުމުގެ ކަންކަމަކީ އެއްކަމެއްގެ ގޮތުގައި ދެއްކުމަކީ ބޮޑު ގޯހެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަލަފް ޖަމިއްޔާ އުވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތަކެއް ކުރިއަށް ދާ ދަނޑިވަޅެއްގައި ޝޭހް އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގަ އެވެ. އެގޮތުން މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އިސްލާމް ދީނުގެ ސައްހަ އަގީދާ ބަޔާން ކޮށް، އިލްމު ފެތުރުމަކީ ދީނީ އިލްމުވެރިންގެ މަސްއޫލިޔަތު ކަމަށެވެ. "އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަ އަޅާފައިވާ އަމަލުތަކާ، އިސްލާމް ދީނުގެ ހައްޤު ދައުވަތުގެ މަސައްކަތް އެއީ އެއްކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް" މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓްގައި ވެއެވެ. މިނިސްޓަރު އިމްރާން މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، ޖަމިއްޔަތުއް ސަލަފް އަކީ ޓެރަރިޒަމް އަށް ހިއްވަރުދޭ ޖަމާއަތެއް ކަމަށްބުނެ އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ މަޖިލީހުގައި ބައެއް މެމްބަރުން އަންނަނީ އަޑު އުފުލުަމުން ނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.