ސަރުކާރުން ހިންގާ ސްކޫލްތަކުގައި ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީ ވައުޗާރތައް ހަވާލުކޮށްފައިވާ ކަމަށް އެޑިއެކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިއީ ސްކޫލްތަކުގެ ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީ ވައުޗާރތައް އެއްވެސް މައްސަލައެއް ނުޖެހި ހަވާލުކުރެވުނު ފުރަތަމަ ފަހަރެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުން ހިންގާ ހުރިހާ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން އަންނަ އަހަރަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީ ވައުޗަރުތައް ދަރިވަރުންނާއި ބުރާސްފަތި ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި ދަރިވަރުންނާއި ބެލެނިވެރިންނަށް ވީހާވެސް ފަސޭހަ ނިޒާމަކުން ފޮތް ހަވާލުކުރުމުގެ މަސައްކަތްތައް ކުރުމުގެ ގޮތުން ދުރާލާ ރޭވިގެން، ސަރުކާރުން ރާއްޖޭގައި ހިންގަވާ 213 ސްކޫލްއަށް މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ފޮނުވާފައިވާ ކަމަށް އެޑިއެކޭޝަނުން ބުނެއެވެ.

މީގެ އިތުރުން އެދަރިވަރަކު ނިސްބަތްވާ ސްކޫލަކުން ފޮތްތައް ބުރާސްފަތި ދުވަހާ ހަމައަށް ދަރިވަރުންނާއި ހަވާލުކޮށް ނިމިފައިވާކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ. އެޑިއުކޭޝަނުން ބުނީ މި ފޮތްތަކުގެ ތެރޭގައި ހިމެނެނީ ނޭޝަނަލް ކަރިކިއުލަމްގެ ދަށުން އަންނަ އަހަރު ދަރިވަރުން ކިޔެވުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކަމަށެވެ.

2019 ގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބުރާސްފަތި ދުވަހު ވަނީ ސްކޫލްތަކުގައި ރިޕޯޓް ފޯމު ދީފައެވެ. މިއަހަރު ގްރޭޑު އެކަކުން ބާރައާއި ހަމައަށް 72،950 (ހަތްދިހަ ދެހާސް ނުވަސަތޭކަ ފަންސާސް) ދަރިވަރުން ވަނީ ތަޢުލީމު ހާސިލްކޮށްފައެވެ.

އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ބޮޑު ބަންދަށްފަހު ސްކޫލްތައް ދެން ހުޅުވޭނީ އަންނަ ޖެނުއަރީ މަހުގެ ބާރަ ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.