ޑރ. އަފްރާޝީމް އަލީ މަރުގެ ރިޕޯޓާއި ގުޅިގެން ގޮތެއް ނިންމެވުމަށް ބޭއްވި ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ ބައްދަލުވުން ހޫނުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ދިރާސާކުރާ ކޮމިޝަނުން އެކުލަވާލި ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓު ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއިންނެވެ.

އެ ކޮމެޓީގެ ބައްދަލުވުން ހޫނުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި، މެމްބަރު މުހައްމަދު ސައީދު ކޮމެޓީއަށް ވަދެވަޑައިގެން އަދުގަދަކުރައްވަން ފެއްޓެވުމުންނެވެ. ކޮމެޓީއަށް ވަދެވަޑައިގެން ދެ މްމަބަރުން އަޑުގަދަކުރައްވަމުން ވިދާޅުވަމުންގެންދެވީ މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ސައްހަކަން ކަށަވަރުކޮށްދޭންޖެހޭކަމަށެވެ. އަދި އެ ރިޕޯޓުގައި އެ ކޮމިޝަންގެ މެމްބަރުންގެ ސޮއި ހިމެނިފައިނުވާކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އެގޮތަށް ދެ މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމާއެކު، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ، އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުންގެންދެވީ ކޮމެޓީ ރިޕޯޓް ފަސްކޮށްފައިވަނީ ޕީއެންސީގެ މެމްބަރު އާދަން ޝަރީފް އުމަރުގެވެސް ވޯޓާއެކުގައިކަމަށެވެ. އަދި އެ ރިޕޯޓަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްވެސް ވޯޓުދެއްވިކަމަށް އެ މެމްބަރުން ވިދާޅުވަމުންގެންދެވި އެވެ. ޕީޕީއެމް / ޕީއެންސީގެ މެމްބަރުންނަށް ރައްދުދެއްވަމުން އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުންގެންދެވީ ރިޕޯޓުގައި އެ މެމްބަރުން ބިރުގަންނަންޖެހޭވަރުގެ އެއްޗެއް ނެތްކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *