ކޮމެޓީތައް ސިއްރުކޮށްގެން ކުރިއަށްގެންދިޔުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައިގެން ކޮމެޓީގައި ހިނގާ ކަންތައްތައް ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ދައްކަވާތީ ކަންބޮޑުވެވަޑަގައިގަންނަވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އަފްރާޝީމްގެ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓު ދިރާސާ ކުރުމަށް ބޭއްވި ސަބްކޮމެޓީގެ ބައްދަލުވުން ސިއްރުކުރަން ޖެހުނީ ސަލަފް ޖައްމިއްޔާއާއި ގުޅޭގޮތުން ހިއްސާ ކުރައްވަން ޖެހޭ މައުލޫމާތު ހިއްސާ ކުރެއްވުމުގައި އިދިކޮޅު މެމްބަރުންނަށް ދަތިވާތީ ކަމަށް އެ ބޭފުޅުން ވިދާޅުވުމުން ކަމަށް މެމްބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، މަސައްކަތް ކޮށްދެއްވީ އިދިކޮޅު މެމްބަރުންގެ ޙިޔާލާ ފިކުރާއި އެއްގޮތަށް ކަމަށާއި، ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ ކޮމެޓީއެއްގައި ކަން ހިނގައި ދިޔަ ގޮތާއި މުޅިން ޙިލާފަށް މެމްބަރުން ވާޙަކަ ދައްކަވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

އަދި ރިޕޯޓާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ސަބް ކޮމެޓީން ރިޕޯޓު ފާސްކުރީ ހަސަން ލަތީފް އެކަނި ހުންނަވައިގެން ކަމަށް ވިދާޅުވާ ވިދާޅުވުމަކީ ދޮގެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެޓީގެ ރިޕޯޓުގެ ސޮއިކުރާނީ ކޮމެޓީގެ މުޤައްރިރު ކަމަށާއި، އެހެންކަމުން އެ އުސޫލުގެ ދަށުން ސަބް ކޮމެޓީގެ އެ ރިޕޯޓުގައިވެސް އޭނާ ސޮއި ކުރީ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކޮމެޓީގެ ނިއްމުން ނިއްމާ އުސޫލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ވޯޓަށް އަހައިގެން ނުވަތަ އިއުތިރާޒް ކުރާ މެމްބަރަކު ނެތް ކަމުގައި ވަނީ ނަމަ އެއީ އެއްބަސްވީ ކަމަށް ނިއްމާ ނިއްމުމެއް ކަމަށެވެ.

އަދި އެ ކޮމެޓީގައި ހިނގައިދިޔަ ހުރިހާ ކަމަކަށް އެއްބަސްވެވަޑައިގެންނެވުމަށް ފަހު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ނިކުމެ ވަޑައިގެންނެވީ ކަމަށާއި އެހެންކަމުން މުން ކޮމެޓީގައި އެއްވެސް ވަރަކަށް ބައިވެރިވެވަޑައިނުގަންނަވާ ކަމަށް މީޑިއާތަކުގައި ވާހަކަ ދެއްކެވުމުގެ އެއްވެސް ޖާގައެއް ނޯންނާނޭ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އެހެންކަމުން ކޮމެޓީގައި އެއްވެސް ވަރަކަށް ބައިވެރިވެވަޑައިނުގަންނަވާ ކަމަށް މީޑިއާތަކުގައި ވާހަކަ ދެއްކެވުމުގެ އެއްވެސް ޖާގައެއް ނޯންނާނޭ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.