ސިފަ ވައްތަރު މީހެއްގެ ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ، ވަގު ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައި ވަނީ 27 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެމީހާއާއި ބެހޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރުގެ މިހާތަނަށް ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު 19 މީހަކު އިމިގްރޭޝަނުން ހިފަހައްޓާފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.