ކްރިމިނަލް ކޯޓު އަދި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސ)ީ އިން އިއުލާން ކޮށްފިއެވެ.

ޖޭއެސްސީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ކްރިމިންލް ކޯޓަށް އެއް ޣާޒީ އަދި ސިވިލް ކޯޓަށް ހަތަރު ޣާޒީ ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެދެކޯޓުގެ ފަނޑިޔާރުންނަށް ދޭން ކަނޑައަޅާފައިވާ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ދިނުމަށް ކަނޑައަޅައިފައިވާއިރު، ރިސްކް އެލަވަންސްގެ ގޮތުގައި ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް ދިނުމަށް ކަނޑައަޅައިފައި ވަނީ 1،650 ރުފިޔާއެެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ރިސްކް އެލަވަންސްގެ ގޮތުގައި ދޭން ކަނޑައަޅައިފައި ވަނީ 3،300 ރުފިޔާއެވެ.

އެ މަގާމުތަކަށް ކަނޑައަޅައިފައިވާ ޝަރުތުތަކުގެ ތެރޭގައި، މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން، ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުމާއި، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މި މަގާމްތަކަށް ކުރިމަތިލެވޭނީ ހަމައެކަނި 25 އަހަރުުން މަތީގެ މީހުންނަށެވެ.

މިމަގާމް ތަކަށް ކުރިމަތިލާ ފަރާތެއްް ކަމުގައިވާ ނަމަ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާން ޖެހޭނެ ކަމަށާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެއެވެ.

ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދޭފޯމާއި އިގްރާރު ފޯމް އެކޮމިޝަނުގެ ރިސެޕްޝަނުންނާއި www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.