ބޭރު ދަތުރުތަކަށް ދަތުރު ކުރާނަމަ ފޮރިން މިނިސްޓްރީގެ ސައިޓުގައި ރަޖިސްޓްރީ ވުމަށް ފޮރިން މިނިސްޓްރީއިން އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން ވަނީ މި ދުވަސްވަރަކީ ގިނަ ފަރާތްތަކެއް ރާއްޖެއިން ބޭރަށް ދަތުރުކުރަމުންސާ ދުވަސްވަރަކަށް ވާތީ،  ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ރަޖިސްޓްރީވުމަށްފަހު ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފޮރިންގް މިނިސްޓްރީގެ ޖޮއެންޓް ސެކެޓްރީ ބަދޫރާ ސައީދު ވިދާޅުވީ ރާއްޖޭން ބޭރަށް ދިއުމަށްފަހު ކަންތައްތައްވާނެ ގޮތެއް ނޭނގޭނޭ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅު އަބަދު ވެސް އަޅަންޖެހޭ ކަމަށެވެ.

ބޭރު ގައުމުތަަކަށް އެކަނި ދާނަމަ  ފޮރިން މިނިސްޓްރީގެ ސައިޓުގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމުކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.