ހެންވޭރު ގެއަކުން ބިދޭސީއެއް ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވީ ހެންވޭރުގައި ހަދަމުން ދިޔަ އިމާރާތެއްގެ އެއްވަނަ ފަންގިފިލާ އިން ބިދޭސީއަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 11:30 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އަދި އެ ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެ ބިދޭސީ މީހާގެ ހާލު ސީރިއަސް ނޫން ކަމުގައި ފުލުހުން ވިދާޅުވެއެވެ.
އެ އިމާރާތުން ވެއްޓުނު ބިދޭސީ މީހާ އަކީ ޤަވައިދާއި ހިލާފަށް ރާއްޖޭގައި އުޅެމުން ގެންދާ މީހެކެވެ.