ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވިހާ ދުވަހަކު އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ދިނުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، ޓެރަރިޒަމާ ގުޅޭ ޖަމާއަތެއް ކަމަށްބުނެ، ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އެޅުމާބެހޭގޮތުން ދެއްކެވި ވާހަކައާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ޝިޔާމު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތަށް ފެންނަ ގޮތަކީ މުޅި މަޖިލީހަށް ފެންނަ ގޮތެއް ކަމަށް ނިންމައިގެން ވަކި ފަރާތަކަށް އަމާޒުކޮށް ވަކި ބައެއްގެ ބޮލުގައި ކަންތައްތައް އަޅުވައިގެން ނުވާނެ ކަމަަށެވެ.  ޝިޔާމު ވަނީ ދީނީ އިލްމުވެރިންގެ އަނގަ ބަންދު ކުރަން މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ސިފަކުރައްވާފައެވެ.

ޝިޔާމަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، އެހެން އެއްވެސް މަގުސަދެއްގައި މި މަޖިލިސް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި، މިރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ޖާގަ ދިނުމަށް މަޖިލީހުން އެއްވެސް ކަމެއް ކުރުމުގެ އެއްވެސް ފުރުސަތެއް އެމަނިކުފާނުގެ ރިޔާސަތުގައި ނުދެއްވާނެ ކަމަށާއި އެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އޮންނާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.