ލޯކަލް ކައުންސިލް އިންތިޚާބު، އަންނަ އަހަރުގެ އޭޕްރިލް މަހަށް ތާވަލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އަންނަ 2020 ވަނަ އަހަރުގެ އޭޕްރިލް ހަތަރެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ކޮމިޝަނުން ތާވަލުކޮށްފައިވާ ކަމަށެވެ.

އޭޕްރިލް ހަތަރު ވަނަ ދުވަހަށް ލޯކަލް ކައުންސިލް އިންތިޚާބު ތާވަލުކޮށްފައިވާކަން މިއަދު އެ ކޮމިޝަނުން ހާމަކޮށްފައިވާއިރު، މި އިންތިޚާބު އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާކަން ކުރިންވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއިރު އިންތިޚާބު ބާއްވާނެ ސީދާ ތާރީހެއް އެ ކޮމިޝަނުން އިއުލާންކޮށްފައެއް ނުވެއެވެ.

އީސީން ވިދާޅުވީ ކައުންސިލް އިންތިހާބު ތަފާތުކޮށް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެއްފޮއްޓަކަށް ލެވޭ އެންމެ ގިނަ އަދަދަކީ 700 ކަމުގައި ހަމަޖައްސާފައިވާ ކަމަށާއި، އޭގެ ސަބަބުން 178 ވޯޓް ފޮށި އިތުރުވެގެންދާއިރު، އޮފިޝަލުންގެ އަދަދުވެސް 7000 އަށް އިތުރުވެގެން ދާނެ ކަމަށެވެ.

ކައުންސިލްތަކުގެ މިހާރުގެ ދައުރަކީ ތިން އަހަރު ދުވަހެވެ. ނަމަވެސް މި ދައުރު ފަސް އަހަރަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.