ޖަމިއްޔަތުއް ސަލަފަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފިޔަވަޅު އަޅަންވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖަމިއްޔަތުއް ސަލަފުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ އެޖަމިއްޔާ އަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށުމުން ޝައިހް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނީ ވެރިކަމެއް ކުރާނަމަ ޖަމިއްޔަތުއް ސަލަފަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ރައީސް ޞާލިހް ފިޔަވަޅު އަޅުވަން ޖެހިވަޑައިގަންނަވަނީ އިސްލާމްދީން ރާއްޖެއިން ނައްތާލުމަށް ފަރުމާކޮށްގެން ރިޕޯޓް ނެރުނު އެމްޑީއެން އާއި އެ ހަރަކާތް ދިފާއު ކުރަމުން ގެންދާ ނަޝީދަށް ކަމަށެވެ.

ޝައިހް އަބްދުﷲ ވިދާޅުވީ، ޖަމިއްޔަތުއް ސަލަފަށް ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.

ޖަމިއްޔަތުއް ސަލަފަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފައިވާއިރު، އެކަމާއި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވި ޝައިހުންގެ ތެރޭގައި، ގިނަ ބައެއްގެ މަޤުބޫލުކަން ހޯދައިފައިވާ ޝައިހް އަލީ ޒައިދު އާއި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ފާހަގަކޮށްލެވެއެވެ. 

މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ ސަލަފް ޖަމާއަތުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައިވާ ކަމަށާއި، އެކަމާއި ގުޅޭ ގޮތުން މަޖިލީހުން ފެންނަ ގޮތެއް އެ ކޮމެޓީން ބަލަން ބޭނުންވާ ކަމަށް ކޮމެޓީން ރިޔާސަތަށް އަންގާފައިވާ ކަން ނަޝީދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.