ޖަމިއްޔަތުއް ސަލަފުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ އެޖަމާޢަތައް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝައިތާނީ ރިޕޯޓް ލިޔުނު އެމްޑީއެން އުވާލުމުން އޭގެ ބަދަލުގައި ރާއްޖޭގައި އިސްލާމީ ދައުވަތު ފަތުރަން މަސައްކަތް ކުރާ ޖަމިއްޔާތައް ފްރޭމް ކޮށްގެން ފިޔަވަޅު އަޅަން މަސައްކަތް ކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

ޑރ. އިޔާޒްގެ އިތުރުން ޝައިހް އަލީ ޒައިދުވެސް ވަނީ ސަލަފު ޖަމިއްޔާއަށް ފިޔަވަޅު އަޅަން މަޖިލީހުން އުޅޭތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ޝައިހް ޒައިދު ވިދާޅުވީ، ސިޔާސީ ހިޔާލު ކިތަންމެ ތަފާތަސް ކަންކުރަން ވާނީ އިންސާފުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ ސަލަފް ޖަމާއަތުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.