ހުޅުމާލޭގައި 1500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އާރްސީސީއާއި ހަވާލުކޮށްފިއެވެ.
މިމައްސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާއި ހަވާލުކުރީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗްޑީސީ) އިންނެވެ.
މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމައި އެޗްޑީސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދެވެ. އަދު ރަޝީދު ކާޕެންޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ދެކުނު އިރުމަތީ ފަރާތުގައި ހުންނަ ރެޑް ކްރެސެންޓް އޮފީސް އިމާރާތް ފަހަތުގަ އިމާރާތްކުރާ މި މިސްކިތަކީ އާރްސީސީގެ އަމިއްލަ ހަރަދުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ.
އެ މަސައްކަތް އާރްސީސީއާއި ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.