ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ބަނގުރަލާއެކު ޕާޓީކުރަމުން ދަނިކޮށް ފިލްމީ ތަރި މަލީހާ ވަލީދު (މަލް) އަދި 11 ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ އެ 12 މީހުން ހައްޔަރުކޮށްފައިވަނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ބަނގުރަލާއެކު މަލް މިރޭ ހައްޔަރުކޮށްފައިވާއިރު މީގެކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަލާގައި މިހާރު އޭނާއަށް ވަނީ ދައުވާތަކެއް ވެސް ކޮށްފަ އެވެ. އެފަހަރު މަލް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި އދ. މަހިބަދޫ ޕޮލިހާއި މާމިގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އދ. މާމިގިލިންނެވެ. 

ހައްޔަރު ކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެނެވެ. އެއީ މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.

އެ މައްސަލާގައި މަލް 15 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލި އެވެ. މައްސަލާގައި އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ. އެ ދެ ދައުވާއަށްވެސް މަލް ވަނީ އިންކާރުކޮށްފަ އެވެ. މީގެ ތެރެއިން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށަކީ ބޮޑު އަދަބު ކަނޑައެޅިފައިވާ ހުުކުމެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ފެށިގެން އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މަލްއަކީ "ވަފާތެރިކެހިވެރިޔާ" ނަމަކަށް ކިޔާ ފިލްމަކުން މަޝްހޫރުކަން ހޯދި ތަރިއެކެވެ. އޭގެ ފަހުން ބައެއް ލަވަތަކުންނާއި ޑްރާމާތަކުން މަލް ފެނިގެންދިޔަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ފިލްމީ ދާއިރާއާ ދުރަށް ގޮސްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.