"ހިބަރު ވަދު" ގެ ނަމުގައި ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

"ހިބަރު ވަދު"، މި ނަމުގައި ޕްރޮގްރެސިވް ކޯލިޝަން އިން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ  ކާނިވާ ސަރަހައްދުގައެވެ.

ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، "ހިބަރު ވަދު" މި ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ ވަރަށް ފޯރިގަދަ ޖަލްސާއެއް 22 ނޮވެމްބަރު 2019 ވާ ހުކުރު ދުވަހުގެ ރޭ 08:30 ގައި ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށާއި، ދިވެހި ޤައުމު ދެކެ ލޯބިވާ، ހުރިހާ ބޭފުޅުންނަށް މި ޖަލްސާއަށް ދައުވަތު އަރުވާ ކަމުގައި ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން އިން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭވެސް ޖަލްސާއެއް ބާއްވައިފައެވެ. "ފުނޑާލައިފި"ގެ ނަމުގައި ބޭއްވި އެ ޖަލްސާގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.