ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ގެނައުމަށް ހެލިކަޕްޓަރެއް އޮންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް ޖާބިރު ހުށަހެޅުއްވި ޑިކޯވާ މީހުންނަށް ފަރުވާ ނުދެވޭ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ މަސްވެރިން ފީނައިގެން އެން ހޯދުމަށް ކުރާ މަސައްކަތުގައި ދިމާވާ ހިތާމަވެރި ހާދިސާތަކުގައި އެތައް ބަޔަކަށް ޖިސްމާނީ އަނިޔާތަކެއް ލިބެމުން އަންނަކަން ފާހަގަކުރައްވައިފައެވެ.

މަޖިލީހުގައި ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ޔޮޓެއް އޮންނަން ޖެހޭ ކަމަށާއި، އަދި މެމްބަރުން މަޖިލީހަށް ގެނެވުމަށް ހެލިކޮޕްޓަރެއްް އޮންނަން ޖެހޭ ކަމަށެވެ.

"މިތާނގައި އަޅުގަނޑުމެން ބޭނުންވޭ ކާރެއް އޮންނަން. ވިއްސާރަވެއްޖެއްޔާ ނުއެއް ދެވޭ. ހެލިކަޕްޓަރު އޮންނަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަލައި ދާން. ވަގުތުން ގެނެވެން ޖެހޭނެ. ކީއްވެ ނޯއްނަންވީ. ރައީސްލްޖުމްހޫރިއްޔާ އަތުގައި 100 ބޯޓު އެބައޮތް. ކީއްވެ މިތާ އެންމެ ޔޮޓެއް ނޯއްނަންވީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިހާނެތިކޮށް ނުހިތުމަށް ރައީސް ޞާލިހުއަށް ގޮވާލައްވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.