ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހަކީ ރާއްޖޭގައި ޤައުމީގޮތުން ފާހަގަކުރާ "މާމަ ކާފައިންގެ ދުވަސް" ކަމުގައި ކަނޑައަޅައިފިއެވެ.

ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީގޮތުން ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަސް ސަރުކާރުން ހަމަޖެއްސެވިކަން އިއުލާން ކޮށްފައިވަނީ އުމުރުން ދުވަސްވީ މީހުންނާގުޅޭ ޤައުމީ ސިޔާސަތު އިފްތިތާހްކުރުމަށް ބޭއްވި ހަފްލާގައެވެ. 

މި ހަފްލާގައި "މާމަ ކާފައިންގެ ދުވަސް" ފާހަގަކުރަން ނިންމެވިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފެވެ. އުމުރުން ދުވަސްވީ މީހުންގެ ދުވަސް މީގެ ކުރިން ކޮންމެ އަހަރަކު ފާހަގަކުރިނަމަވެސް، ރާއްޖޭގައި މާމަކަފައިނަށް ވަކި ޚާއްސަ ދުވަހެއް މީގެކުރިން ފާހަގަކުރަމުން އައިސްފައެއް ނުވެއެވެ. މިނިސްޓަރ ޝިދާތާ ވިދާޅުވީ މާމަ ކާފައިންނަށް ޚާއްސަކޮށްގެން ދުވަހެއް ފާހަގަކުރަން ނިންމެވީ އާއިލާގެ ތެރޭގައި މާމަކާފައިންނާއި އޮންނަ ގުޅުން ބަދަހިކޮށް، އެމީހުންނާމެދު އޮންނަ ލޯބި އިތުރުކުރުމުގެ ގޮތުންކަމަށެވެ."

ކޮންމެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަސް މިވަނީ މާމަކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައި. އެމީހުން ޤައުމަށް ކޮށްދީފައިވާ މަސައްކަތްކާއި، އަދި އާއިލާތައް ބިނާކުރުމުގައި އަދާކުރަމުންދާ ރޯލު ބަލައިގަންނަކަން ޙާމަކޮށްދެންޖެހޭ. އޭރާ މިހާރުގެ ދިރިއުޅުމުގެ ކަންކަން ކުދިންނަށް އެނގެން ޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓްރީން ވަނީ 4 ދާއިރާއެއް ހިމެނޭހެން، އުމުރުން ދުވަސްވީ މީހުންނާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފައެވެ. 2014ވަނަ އަހަރުގެ ބޯހިމެނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ %4އަކީ އުމުރުން ދުވަސްވީ މީހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.