ކޮންމެ މީހަކަށް ވެސް އެނގޭނެފަދައިން ކަސްރަތު ކުރުމަށްޓަކައި ރަނގަޅު ހަކަތައެތް ބޭނުންވެއެވެ. ނަމަވެސް ކަސްރަތު ކުރުމުގެ ކުރިން ކެއުން ރަނގަޅު ނޫން ބައެއް ކާތަކެތި ހުރެއެވެ. އެގޮތުން މި ބަލައިލަނީ ކަސްރަތު ކުރުމުގެ ކުރިން ކެއުން ނުވަތަ ބުއިން ރަނގަޅުނޫން ބައެއް ކާބޯ ތަކެއްޗަަށެވެ.
1- ކާބޯ ހައިޑްރޭޓް ގިނަ ބުއިންތައް
ކާބޯހައިޑްރޭޓް ގިނައިން ހުންނަކާބޯތަކެތި ބޭނުންކުރުމަކީ ކަސްރަތުކުރުމުގައި ނުހަނު ގިނަ ގެއްލުންތައް ކުރިމަތިވެދާނެކަމެކެވެ. އެގޮތުން ބަނޑަށް ތަދުވުމާއި ނޭވާއަށް އުނދަގޫވުން ފަދަ ކަންކަމާއި ކުރިމަތިލާންޖެހެވެ. އަދި ހާއްސަކޮށް ގިނައަދަދަކަށް ހަކުރު އެކުލެވިގެންވާ ބުއިންތައް ބޯނަމަ ކަސްރަތު ކުރުމުގެ ތެރޭގައި ހަށިގަނޑު ވަރަށް އަވަހަށް ވަރުބަލި ކޮށްލައެވެ.
2- ކިރު
ކަސްރަތު ކުރުމިގެ ކުރިން ކިރު ތައްޓެއް ބުއިމަކީ އެއްގޮތަކަށްވެސް އެދެވިގެންވާ ކަމެއް ނޫނެވެ. ނަމަވެސް ގިނަމީހުންނަށް ހީވެފައި އޮންނަނީ އެެއީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކަމެއް ކަމުގައެވެ. ނަމަވެސް ކަސްރަތު ކުރުމުގެ ކުރިން ކިރުތައްޓެއް ބޮއިފިނަމަ އޭގެ ސަބަބުން ބަނޑުގައި ގޭސް އުފެދުމަށް މަގުފަހި ފެއެވެ. ކިރުތައްޓެއްގެ ބަދަލުގައި ޗޮކްލެޓެއްކަހަލަ ލުއި އެއްޗެއް ކާލުމަކީ އެދެވިގެންވާ ކަމެކެވެ.
3- ބީންސް
ބީންސް އަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ތަރުކާރީއެކެވެ. ނަމަވެސް ކަސްރަތުކުރުމުގެ ކުރިން ބީންސް ކެއުމުގެ ސަބަބުން ހަޖަމްކުރުމުގެ ނިޒާމްގައި މައްސަލަތައް ކުރިމަތިވެއެވެ.
4- ކުޅި ކާނާ
ކަސްރަތުކުރުމުގެ ކުރިން ކުޅި އެއްޗިހި ކެެއުމަކީ ވަރަށް ގެއްލުންހުރި ކަމެކެވެ. އެކަމުގެ ސަބަބުން މޭ އެންދުމާއި މީޙާ އަށް އެކިކަހަލަ އުނދަގޫތަކާއި ކުރިމަތިވެ ކަސްރަތުކުރުމަށް ބޮޑަތި އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ.