އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓުންނެވެ. އުއްތަމަ ފަނޑިޔާރު ވަކި ކުރަން ބޭނުންނުވާ ކަމަށް 9 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރަންވެސް މަޖިލީހުގައި 69 މެމްބަރަކު ވަނީ ވޯޓު ދެއްވި އިރު ވަކި ނުކުރުމަށް 9 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މި މަހުގެ 13 ވަނަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަނުންވަނީ އުއްތަމަ ފަނޑިޔާރައި ފަނޑިޔާރު އާދަމް މުހައްމަދު 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށް ފަނޑިޔާރު ކަމުން ވަކި ކުރުމަށް ނިންމާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.