މެޖިސްޓްރޭޓް ކޯޓެއްގެ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީއިން މީގެ ކުރިން ވެސް އެ ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާން ކުރި އެވެ. ނަމަވެސް ޖޭއެސްސީއިން ބުނީ މުއްދަތު ހަމަވިއިރު އެކަމަށް އެކަށީގެންވާ މީހުން ކުރިމަތިލާފައި ނުވާ ކަމަށާއި، އެހެންވެ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އަލުން އިއުލާން ކުރުމަށް ނިންމީ ކަމަށެވެ.

ޖޭއެސްސީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މެޖިސްޓްރޭޓް ކަމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމަށް އެދޭ ކަމަށެވެ.

ޖޭއެސްސީ ހުޅުވާލާފައިވަނީ ތިން ރަށެއްގެ މެޖިސްޓްރޭޓަކަށް ކުރިމަތިލުމަށާއި 11 ރަށެއްގެ އިސް މެޖިސްޓްރޭޓަކަށް ކުރިމަތިލުމަށެވެ.

މެޖިސްޓްރޭޓުން ބޭނުވާ ރަށްތައް

ށ. ފުނަދޫ

ނ. މަނަދޫ

ވ. ފެލިދޫ

އިސް މެޖިސްޓްރޭޓުން ބޭނުންވާ ރަށްތައް

ހދ. ނޮޅިވަރަމް

ނ. ހޮޅުދޫ

ރ. މަޑުއްވަރީ

ބ. ތުޅާދޫ

ކ. ގުރައިދޫ

އއ. މަތިވެރި

ފ. ފީއަލި

ފ. ބިލެއްދޫ

ތ. ހިރިލަންދޫ

ގއ. ކޮލަމާފުށި

ގދ. ފަރެސްމާތޮޑާ

މެޖިސްޓްރޭޓެއްގެ އަސާސީ މުސާރަ އާއި އެލެވެންސްގެ ގޮތުގައި 23،150 ރުފިޔާ ލިބޭއިރު އިސް މެޖިސްޓްރޭޓެއްގެ އަސާސީ މުސާރަ އާއި އެލެވެންސްގެ ގޮތުގައި 25،600 ރުފިޔާ ލިބޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.