ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫން ޖަލަށް ލާ މަންޒަރު ބަލަންބޭނުން ކަމަށާއި އެމަނިކުފާނު ޖަލުގައި އޮންނައިރު ބައްދަލުކޮށްލަން ވަރަށް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ، ރައީސް ޔާމީން ހައްޔަރުނުކޮށްގެެން އެއުޅެނީ ރައީސް ޞާލިހްއާއި ޑީލެއް ހަދައިގެން އުޅޭތީ ކަމަށެވެ.

"ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ނުކޮށް މިއުޅެނީ ހަމަ އިބްރާހިމް މުހައްމަދު ޞަލިހާއި ޑީލެއް ހަދައިގެން އެކައްޗެއް ހަދައިގެން އެކި މަންތަރު ހަދައިގެން އެދަނީ ހަމަ ކުރިއަށް. ކީއްވެގެންތޯ އޭނާ ޖަލުގައި ނީއްނަަންވީ، ކީއްވެގެންތޯ އަޅުގަނޑުމެން ޖަލަށްލީއިރު ކޮބައިތޯ އިންޓެގްރިޓީއާއި ހިއުމަންރައިޓްސް ކޮބައިތޯ. މިއަދު އޭނާ ލާންވީމަ ހުރިހާ ބްރޯޑްކާސްޓިންގް އެއް ބަދަލުވެގެން މިދަނީ. އޭނާ ޖަލަށް ލެވޭނެ ގޮތެއްވެސް ނެތް." ޖާބިރު ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން ހައްޔަރުނުކުރަނީ ނަމަ ރައްޔިތުންގެ މަޖިލިހުގެ ބޭނުމެއް ނެތްކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

"އޭނާ ޖަލު ގޮޅީގައި އޮންނަތަން އަޅުގަނޑު ބޭނުން ބަލަން. ގޮސް ބައްދަލު ކޮށްލަން އަޅުގަނޑު ބޭނުން. ގޮސް މުދާ ނަގަން އަޅުގަނޑު ބޭނުން. އެހެންމަ އެކަން މި މަޖިލީހުން ނުކުރަންޏާ ކޮބައިތޯ މި މަޖިލީހުގެ ބޭނުން" ޖާބިރު ވިދާޅުވިއެވެ

ޖާބިރު ފާހަގަވެފައިވަނީ ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޅުގައި ފާޑުކިޔުއްވާ ބޭފުޅެއްގތެ ގޮތުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.