ފޮޓޯ ޖެހި އިންޒާރު ހިމަނައިގެން ނޫނީ ޑިސެމްބަރ 01 ގެ ފަހުން ދުންފަތުގެ އެއްވެސް ބާވަތެއް ނުވިއްކޭނެ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަނދާން ކޮށްދީފިއެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނީ ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ޖަހައިގެން މެނުވީ 01 ޑިސެމްބަރ އިން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތެއްގެ ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ދުންފަތުން ސިއްހަތައް ލިބޭ ގެއްލުންތައް ދައްކުވައި އަސްލު ފޮޓޯ ޖެހި ސިނގިރޭޓް ފޮށިތައް ރާއްޖޭގައި ވިއްކަން ފެށީ މިމަހުގެ ކުރީކޮޅު އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގައިވާ ގޮތުން އަންނަ މަހުން ފެށިގެން ރާއްޖޭގައި ސިނގިރޭޓް ވިއްކޭނީ އިންޒާރުގެ މަންޒަރުތައް ޖަހައިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.