ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ ކޮމިޝަންގެ ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގުގެ ރިޕޯޓްގެ ހުލާސާއެއް ތަޅުމަށް އިއްވައިފަ އެވެ. 

ކޮމިޝަންގެ ރިޕޯޓްގައި ބުނާ ގޮތުން އަފްރާޝީމް މަރާލީ ރާއްޖޭގައި ހިންގަމުން ގެންދާ ޖީހާދީ ފިކުރުގެ ޖަމާއަތަކުން ރާވައިގެންނެވެ. 

އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ ހ. ހިލްޓަން އަޒްލީފް ރައުފް އާއި، އެ މައްސަލާގައި ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމް އާއި، ސާބިތު ނުވި އަލީ ޝާން (ސަޓޯ) އާއި އޭރު އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއް ކަމަށް ރިޕޯޓްގަައިވެ އެވެ.

އޭގެ އިތުރުން އަފްރާޝީމްއާ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާ ގިނަ އަދަދެއްގެ ފަރާތްތައް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައިވެ އެވެ. 

ރިޕޯޓުގައި ވަނީ އަޒްލީފްގެ ކަންކަން އެނގި ތިބި އޭނާ ކުރާ ކަންކަން ފޮރުވުމަށް ސިޔާސީ ބަޔަކު ނިވަލުގައި ތިބެ މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ ގޮތުން ޑރ. ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި ވަނީ އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް ވާ ކަން ރިޕޯޓްގައި ބުނެ އެވެ. އަދި ޑރ. ޝަހީމް ވަނީ އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައި ކަމަށް ރިޕޯޓްގައި ބުނެ އެވެ.

އެ ގޮތުން ޑރ. ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި ވަނީ އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި 

ކޮމިޝަނަށް ޝަހީމް ދެއްވާފައިވާ ބަޔާނުގައިވާ ގޮތުން އަފްރާޝީމް މަރާލި ދުވަހުގެ ރޭގެ ކުރިން އެ ދުވަހުގެ މެންދުރު އިސްލާމީ މަރުކަޒަށް ވަޑައިގަތީ އޭނާގެ އެދިވަޑައިގަތުމުގެ މަތިންނެއް ނޫނެވެ. އަދި މެސެޖް ޝަހީމަށް ފޮނުވީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެއީ ކާކު ކަމެއް ހަނދުމަ ފުޅުގައި ނެތް ކަމަށް ކޮމިޝަނަށް ވިދާޅުވި ކަމަށް ރިޕޯޓްގައި ބުނެ އެވެ.

އެކަމަކު ޝަހީމާއި އެ މީހާއި އަފްރާޝީމާ ދެމެދު މެސެޖް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، މެންދުރު އިސްލާމީ މަރުކަޒަށް ވަޑައިގަތުމަށާއި އެ ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމަށް އަފްރާޝީމް އެރުމަށް އެދިވަޑައިގަތީ އޭރުގެ އިސްލާމިކް މިނިސްޓަރު ޝަހީމް ކަމަށް އެނގޭ ކަމަށް ރިޕޯޓްގައި ބުނެ އެވެ.

އެ ދުވަހުގެ ރޭ އަފްރާޝީމް ޓީވީ ޕްރޮގްރާމަށް އަރަން އެ މީހަކު އެދުނު ސަބަބާއި އެދުނީ އޭނާ ތައުބާވެ މީޑިއާގައި އެކަން އާންމުކޮށް އިއުލާން ކުރުމަށް ކަން ޝަހީމަށް އެނގިވަޑައިގަންނަވާ ކަން އެ މެސެޖްތަކުން އެނގޭ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.