ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލީ ރާޢްޖޭގައި ހިންގަމުން ގެންދާ ޖިހާދީ ޖަމާޢަތުން ރާވައިގެން ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައެވެ.

ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑރ. އަފްރާޝީމް އަލީގެ ތަހުޤީޤު ރިޕޯޓުގެ ހުލާސާ މަޖިލީހުގައި އިއްވަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖިހާދީ ފިކުރުގެ ޖަމާޢަތް ހިންގަމުން ގެންދަނީ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އާއި ތ.އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ކަމަށް ބުނެފައެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ އަޒްލީފް ރައޫފް ކަމަށާއި އެކަމުގެ އަމަލީ ގޮތުން ބައިވެރިވީ ހުސެއިން ހުމާމްއާއި އަލީ ޝާން (ސަޓޯ)ގެ އިތުރުން ކުޑަކުއްޖެއް ކަމަށް ވެސް ރިޕޯޓްގައި ވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.