ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގެ މައްޗަށް، ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް އެރުވި ތަހުގީގު ރިޕޯޓް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް ޞާލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކުލަވާލި ޑރ. އަރްފާޝީމް އަލީގެ މައްސަލައިގެ ރިޕޯޓުގެ ހުލާސާއެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދު މިއަދު އޮންނަ މަޖިލީހުގެ ޖަލްސާގައި އިއްވާނެ ކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުޤީޤު ރިޕޯޓް މަޖިލީހާއި އިތުރު މުވައްސަސާތަކަށް އަރުވާފައި ވަނީ، ރައީސް ސާލިހެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިތުރުން، ފުލުހުންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރު، އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްއާ ރިޕޯޓު ވަނީ ހިއްސާކޮށްފައެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހުގެ ވަގުތެއްގައި ޓީވީއެމްއިން ދުރަށް ފޮނުވި ދީނީ ޕްރޮގްރާމެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށްފަހު، ގެއަށް ވަޑައިގެންނެވި ތަނުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *