ދިވެހި ރާއްޖޭގެ ރަށްވެއްސަކަށް ވެވޭނީ އިސްލާމްދީން ޤަބޫލުކުރާ މުސްލިމަކަށް ކަމަށް ރާއްޖޭގެ ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ރާއްޖޭގައި ހެދޭ ޤާނޫނުތަކާއި ޤަވައިދުތައް ހަދަންވާނީ އިސްލާމްދީނާއި، އެދީނުގެ އެންމެހާ ކަންކަމަށް ފުށޫ ނާރާ ގޮތަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އިރެއްގައި ދިވެހިންނަކީ ދީނީ ކަންކަމަށް ނުހަނު އަހައްމިއްޔަތުކަން ދިން ބައެކެވެ. މައިންބަފައިން ދަރީންގެ އަތުގައި ހިފައިގެން މިސްކިތައް ދާ މަންޒަކީ ކުރީން އާންމު މަންޒަރެކެވެ. ދެނަމާދު ދޭތެރޭގައި މުޅި ރަށުތެރެ ގުގުމާލައިފައި އޮންނާނީ ޤުރުޢާނުގެ އަޑުންނެވެ. 

ނަމަވެސް އެ ދުވަސް މިއަދު މިވަނީ މާޒީވެފައެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. ތަރައްޤީއާއި ތަހުޒީބުގެ ކުލަވަރު ދިވެހިންގެ ތެރެއަށްވެސް މިވަނީ ވަދެފައެވެ. ނަތީޖާއަކަށްވަނީ، ހުޅަނގުގެ އާދަތަށް ދިވެހީންގެ ކަށީގައި ހަރުލާ މިންވަރު އިތުރުވުމެވެ. އެމީހުންގެ އާދަކާދަތައް މި ދިވެހި ފަސްގަނޑުގައި ވަކިހިއްޕަމުންދިއުމެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ، އެއްޖިންސުން ގުޅުން ހިންގުންފަދަ ފާހިޝް އަމަލުތައް ރާއްޖޭގައި އިތުރުވުމެވެ. އަދި ޖިންސު އޮޅުވާލަން މަސައްކަތް ކުރާ ދިވެހިން ރާއްޖޭގައި ގިނަވުމެވެ. 

ޖިންސު އޮޅުވާލަން މަސައްކަތް ކުރާ ދިވެހިން ފާޅުގައި އެކަން ކުރަމުން އަންނައިރު، އެކަމާއި ނުރުހުމުގެ ނަޒަރަކުން ބަލާލަންވެސް ގިނަ ދިވެހިންނަކަށް ނުކެރެއެވެ. ކީއްވެތޯއެވެ؟ އެއީ ޖިންސު އޮޅުވާލަން މަސައްކަތް ކުރާ ދިވެހީންގެ އަދަދު ހީވެސް ނުކުރާހާ އިތުރުވުމުންނެވެ. އެކަން އާންމު ކަމަކަށް ވުމުންނެވެ.

ﷲ ސުބްޙާނަޙޫ ވަތަޢާލާ އިންސާނުން އުފައްދަވާފައިވަނީ ދެ ޖިންސަކަށެވެ. އަދި ދެ ޖިންސުގެ ދެމެދުގައި ތަފާތުތަކެއްވަނީ ލައްވާފައެވެ. އަންހެނުން ފިރިހެނުންގެ ހެދުން އަޅާ އަންހެނުންވުން ވަނީ ވަނީ ޙަރާމް ކުރައްވާފައެވެ. އަންހެނުންނަށްވެސް މިޙުކުމް އޮތީ މިގޮތަށެވެ. އަދި އަންހެން މީހާގެ ގޮތް ނަކަލު ކޮށް ފިރިހެނުން މިގޮތަށް އުޅުމަކީވެސް ޙަރާމް ކަމެކެވެ. ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ވަނީ މިގޮތަށް އުޅޭ މީހުންނަށް ލަޢުނެތް ލެއްވިގެންވާ ކަމަށް ބަޔާން ކުރައްވާފައެވެ. (ޞަޙީޙުލް މުސްލިމް، ހަދީޘް 3013)

އިސްވެ މިދެންނެވުނު ހަދީޘަށް އެކަނި ބަލާލުމުންވެސް ޖިންސު އޮޅުވާލަން މަސައްކަތް ކުރުމުގެ ނުބައިކަން ހާމަވެގެންދެއެވެ. އަދި އެފަދަ ފަރާތްތަކަށް ޤިޔާމަތް ދުވަހުން ލައުނަތް ލެއްވިގެންވާ ކަންވެސް އެއޮތީ ހާމައަށް ބަޔާންކުރައްވާފައެވެ.

ޖިންސު އޮޅުވާލާ ވާހަކަ ދައްކާއިރު، މިފަހުން މީސް މީޑިޔާގައި މިވަނީ ފިރިހެނެއްގެ ގޮތް ނަކަލު ކުރާ ދިވެހި އަންހެނެއްގެ ވާހަކަ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. "ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9"ގެ ބެކްޑްރޮޕް އާއި އެކު ދިވެހި އަންހެނަކު ފިރިހެންވަތަ ފޭރާމެއް ލައިގެން ހުރި ފޮޓޯއަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެ ފޮޓޯއަށް ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، އިންސްޓަގްރާމްގައި އޭނާ ހިއްސާކޮށްފައިވާ ގިނަ ފޮޓޯތަކަކީވެސް ދާދި އެއްކަހަލަ ފޮޓޯތަކެކެވެ. އެތަކުން ގިނަ ފޮޓޯތަކުން އޭނާ ހީވަނީ ފިރިހެނެއް ހެންނެވެ.

އޭނާ އެކަންޏެއް ނޫނެވެ. އެފަދަ އެތައް ދިވެހީންނެއް މި ފަސްގަނޑުގައި އެބައުޅެއެވެ. ފިރިހެންވަންތަ ގޮތް ގޮތައް ހެދުން އަޅާ އަންހެނުންގެ އިތުރުން އަންހެނުންގެ ގޮތްތަށް ނަކަލު ކުރާ ފިރިހެނުންނެވެ. ނަމަވެސް ހިތާމައަކީ މިފަދަ ކަންކަން ހުއްޓުވާނެ މީހަކު ނެތްކަމެވެ. މި ދިވެހި ފަސްގަނޑުގައި، ދިވެހީންގެ  ގޮތުގައި ތިބެ މިފަދަ "މުޑުދާރު" އަމަލުތައް ހިންގާއިރު "ހައްޕު" ކިޔައިގެން ތިބުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. މިފަދަ އެންމެހާ ނުރަނގަޅު އާދަތަކާއި ދެކޮޅަށް ތެދުވެ، ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެފަދަ އާދަތައް މި މުޖުތަމައުން ފޮހެލަން އެބަޖެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.