އައިޖީއެމްއެޗަށް ވިހެއުމުގެ ތެރޭގައި ރޭ މަރުވީ ދެކުދިން ކަމަށާއި، އެކުދިންގެ މަރުގެ ތަފްސީލު އާއިލާތަކުން ބޭނުންނަމަ ހިއްސާކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައެވެ.

އައިޖީއެމްއެޗުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ އެ ހޮސްޕިޓަލުން ވިހެއުމުގެ ތެރޭގައި މަރުވެފައިވަނީ ދެކުދިން ކަމަށާއި، އެ ދެކުދިންވެސް މަރުވެފައިވަނީ ވިހެއުމުގެ ކުރިން ކަމަށެވެ. 

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މީގެ ކުރިންވެސް ވިހެއުމުގެ ތެރޭގައި މަރުވެފައިވާ ކުދިންގެ މަރުތައް އެ ހޮސްޕިޓަލުން ވާނީ ތަހުގީގުކޮށް، ހެލްތް މިނިސްޓްރީގެ ކަމާބެހޭ އުސޫލުތަކުގެ ދަށުން ބަލައިފައިކަމަށެވެ. 

އައިޖީއެމްއެޗުގެ ބަޔާން ނިންމާލަމުން ވަނީ ރޭ ނިޔާވި ދެކުދިންގެ އާއިލާއަސް ތައުޒިޔާ ފޮނުވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.