ހީލިއަމް ގޭސް ޕްރޮމޯޓްކުރުމަށް މޯލްޑިވް ގޭހުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހަވީރު ކުޑަކުދިންނަށް ހިލޭ ހީލިއަމް ޕުއްޕާހަން ބެހުމުގެ ހަރަކާތެއް އެ ކުންފުނިން ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވް ގޭހުގެ މާކެޓިންގ މެނޭޖަރު އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ، ހީލިއަމް ގޭސް ޕްރޮމޯޝަަން އަކީ އެ ކުންފުނީގެ އައުޓްލެޓްތަކުން އަދި ސޯސަލް މީޑިއާ ޕްލެޓްފޯމްތަކުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.

އަދި އެ ޕްރޮމޯޝަންގެ ދަށުން ދެ ސައިޒެއްގެ ސިލިންޑަރ ވިއްކަން ހަމަޖެހިފައިވާ ކަމަށްވެސް އައިމިނަތު މުހައްމަދު ސައީދު ވިދާޅުވިއެެވެ.

"އެންމެ ހާއްސައީ 4 ކިލޯގެ ޑިސްޕޯސެބަލް ސިލިންޑަރ. އެ ސިލިންޑަރާއި އެކު ކޮންމެ ކަސްޓަމަރަކަށްވެސް 50 ފުއްޕާން ހިލޭ ލިބޭނެ. އެ ސިލިންޑަރުގެ އަގަކީ 1000ރ. ދެން ހުރީ ބޮޑެތި ސިލިންޑަރ. އެއީ ބޮޑެތި  ބޮޑެތި އިވެންޓުތަކަށާއި، އޮފިސްތަކަށާއި، ޕާޓީތަކަށް ހާއްސަ ސިލިންޑަރެއް. އެ ސިލިންޑަރ އިން 480-500 އާއި ދެމެދުގެ އަދަދަކަށް ފުއްޕާހަން ފުއްޕާލެވޭނެ" އައިމިނަތު މުހައްމަދު ސައީދު ވިދާޅުވިއެވެ.

މޯލްޑިވް ގޭހުގެ އައުޓްލެޓްތަކުން ހީލިއަމް ގޭސް ބައްލަވައިގަނެގެން ގުރުއަތުން ހޮވޭ ފަރާތަކަށް ހިލޭ ހީލިއަމް ސިލިންޑަރެއް ލިބޭ ޕްރޮމީޝަނެއްވެސް މިހާރު ވަނީ ފަށައިފައެވެ.

މޯލްޑިވް ގޭހުން ހީލިއަމް ގޭސް ޕްރޮމޯޓްކުރުމަށް އިއްޔެ ބޭއްވި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނަށް ހީލިއަމް ގޭސް ދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.