މާލޭ ގެއެއްގެ ވައިގޮޅި ތެރެއިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ ފިރިހެނެެކެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު 9:00 ހާއިރު، ގަލޮޅު ގެއެއްގެ ވައިގޮޅި ތެރެއިންނެވެ.

ފުލުހުން ވިދާޅުވީ މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:10 ހާއިރު އެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ ގަލޮޅު ގެއެއްގެ ވައިގޮޅިން ކަމަށާއި، ނިޔާވެފައި އޮއްވައި ފެނުނީ ޒުވާން ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. 

ފުލުހުން ވިދާޅުވީ އޭނާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މީހާގެ ހަށިގަނޑު ފެނުނީ، އިމާރާތުގައި އުޅޭ ބަޔަކަށް ކުނިވަސް ދުވައިގެން ވައިގޮޅި ބެލުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *