ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ދެކުނަށް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ދެކުނުގެ އަތޮޅުތަކަށް ނެރެފައިވަނީ ހުދު އެލަރޓްއެވެ. 

އެލަރޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު 12:00 އާއި ހަމައަށް ލ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަޙައްދަށެވެ.

މެޓުން ވިދާޅުވީ، އެލަރޓްގެ ވަގުތުތަކުގައި މި އެލަރޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.