އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެެމްއެޗް އަށް ވިހަން ގެންދިޔަ މާބަނޑު އަންހެނުންގެ ތެރެއިން ތިން މީހަކު ވިހޭ ތިން ކުއްޖަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަކުން އެއް ކުއްޖަކު ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އަނެއް ދެ ކުދިން ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭގެ ތެރެއިން ދެެކުއްޖަކު ނިޔާވެފައިވަނީ މައިމިހާގެ ބަނޑަށެވެ.

މި ތިން ކުދިންނާއި އެކ،ު މިމަހުގެ ތެރޭގައި މިހާތަނަށް ވިހެއުމުގައި ނިޔާވި ކުދިންގެ އަދަދު މިވަނީ އަށަކަށް އަރާފައެވެ.

މިކަމާއި ގުޅިގެން އަދި އައިޖީއެމްއެޗުން މިހާތަނަށް އެއްވެސް އެއްޗެއްް ބުނެފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.