މާލެ އިން ތިލަފުއްޓަށް ދަތުރު ކުރަމުންދިޔަ ޑިންގީއަކުން ކަނޑަށް ފުންމާލި ޒުވާނާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، މާލެއިން ފުރައިގެން ތިލަފުއްޓަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއްގައި ހުރި މީހަކު މޫދަށް ފުއްމާލުމުން އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ދިހަ މީހުނާއެކު ދަތުރުކުރަމުން ދިޔަ އެ ޑިންގީން މީހަކު މޫދަށް ފުއްމާލުމުން ގެއްލިފައިވާ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު ފަހު 15:16 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އަދި އެ މީހާ ހޯދުމަށް ކޯސްޓްގާޑްގެ ޑައިވަރުން މަސައްކަތް ކުރަމުން ދަނިކޮށް ކަނޑު އަޑީގައި އޮއްވާ އޭނާގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި،  އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގެއްލިގެން ރިޕޯޓްކުރިތާ ގަޑިއެއްހާއިރު ފަހުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ ދިވެހި ފިރިނެކެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހާ ފުންމާލައިފައިވަނީ، ގުޅީފަޅު ބައްތިޔާ ދިމާ ބޭރަށް ކަމަށާއި، އޭނާގެ ހަށިގަނޑު ނަގާފައިވަނީ 44 މީޓަރު އަޑިން ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 33 އަހަރުގެ ރ. މަޑުއްވަރީއަށް އުފަން އަހުމަދު އަނީސް ނަމަކަށް ކިޔާ މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.