ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު، އަދި މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނެވި މެމްބަރު ހިސާން ހުސައިން އައްޔަންކޮށްފި އެވެ.

އެ މަގާމަށް އޭނާ އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހިސާން އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި ތަމްސީލު ކުރައްވާ މެމްބަރެވެ.

މިއީ ޖޭއެސްސީގެ ރައީސްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ނޫން ބޭފުޅަކު ކުރައްވާ ފުރަތަމަ ފަހަރުވެސްމެއެވެ. ޖޭއެސްސީން ބުނިގޮތުގައި އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އިންތިޚާބު ކޮށްފައިވާ މެމްބަރު ހިސާން އެ ކޮމިޝަންގެ ރައީސް ކަމަށް އައްޔަންކުރީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގަ އެވެ.

ޖޭއެސްސީގައި ތިއްބަވާނީ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކުގެ ތިން ފަނޑިޔާރުންނާއި މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި އާންމުންގެ ތެރެއިން މެމްބަރަކާއި ވަކީލުންގެ ތެރެއިން މެމްބަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.