އިލެކްޝްނަސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފުއާދު ތައުފީގު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް މައްޗަންގޯޅި ތަޅަމުދިގޭ އަލްފާޟިލް ފުއާދު ތައުފީގު އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ 70 މެންބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް 10 ބޭފުޅަކު ކުރިމަތި ލެއްވި އިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރުހުން ދީ، މަޖިލީހަށް ފޮނުވާފައިވަނީ 4 ބޭފުޅެއްގެ ނަމެވެ. 

ރައީސް މަޖިލީހަށް ފޮނުއްވެވި ހަތަރު ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާއިން ދިރާސާކޮށް އެންމެ ގިނައިން މާކްސް ދީފައިވަނީ ފުއާދު ތައުފީޤަށެވެ.

ފުއާދު ތައުފީޤަކީ އީސީގެ ރައީސްކަން މީގެ ކުރިންވެސް ކުރެއްވި ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.