ރާއްޖެއާއި އޮސްޓްރޭލިޔާއާއި ދެމެދު ދިފާޢީ ގުޅުން ވަރުގަދަ ކުރުމާބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރެއްވީ މިހާރު މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އޮސްޓްރޭލިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ޗީފް އޮފް ޑިފެންސް ފޯރސް ލެފްޓިނެންޓް ޖެނެރަލް އެންގަސް ކޭމްޕްބެލްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތުގެތެރެއިންނެވެ.

ޗީފް އޮފް ޑިފެންސް ފޯރސް ލެފްޓިނެންޓް ޖެނެރަލް އެންގަސް ކޭމްޕްބެލްގެ އަރިހަށް މިނިސްޓަރ މާރީޔާ ކުރެއްވި ޒިޔާރަތުގައި ދެބޭފުޅުންވަނީ އޮސްޓްރޭލިޔާ އާއި ދިވެހިރާއްޖެއާ ދެމެދު، ޑިފެންސް ސެކްޓަރ ގައި އޮތް ގުޅުން އިތުރަށް ފުޅާކޮށް، ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އިތުރަށް ޒަމާނީކުރުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޑިފެންސް މިނިސްޓަރ މިހާރު އޮސްޓްރޭލިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ މެރިޓައިމް ސޭފްޓީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައި، އެ އޮތޯރިޓީގެ ސީއީއޯ މިކް ކިންލީ އާ ބައްދަލުކުރެއްވިއެވެ.

އެ ދެ ބޭފުޅުންގެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންސްއާއި، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނާއި، ކަނޑުން ދަތުރުކުރާ އުޅަނދުތަކާއި މަނަވަރުތަކުގެ ރައްކާތެރިކަމާއި، ކަނޑުތައް ތަޣައްޔަރުވުމުން ސަލާމަތްކުރުމާއި، މެރިޓައިމް ސޭފްޓީގެ ދާއިރާގައި އަންހެނުންގެ ދައުރާ ބެހޭގޮތުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.