ކޮބަޑި ނުވަތަ ޕްލޭގް އަކީ، ދަތުގެ ބޭރުގައި، އުފެދޭ، ބެކްޓީރިޔާގެ ފަށަލައެކެވެ. މިއީ ތަތްކަން ގަދަ ފަށަލައަކަށްވުމުން ދަތުގައި ދޫޖެހޭއިރު، އަޅައިގަންނަގޮތް އިޙްސާސްވާނެއެވެ. 

ކޮބަޑި އުފެދެނީ، ކިރާއި، ކޭކު ފަދަ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް (ހަކުރާއި ސްޓާޗު) ހިމެނޭ އެއްޗެހި ކެއުމަށް ފަހު ގިނައިރު ދަތް ސާފުނުކޮށް ބެހެއްޓުމުންނެވެ. މިގޮތަށް ގިނަ އިރު ދަތްތައް ސާފުނުކޮށް ބެހެއްޓުމުގެ ސަބަބުން އަނގައިގައި އުޅޭ ބެކްޓީރިއާތައް އެސިޑް އުފައްދައެވެ. މި އެސިޑްތަކުގެ ސަބަބުން ދަތުގެ އިނޭމްލް ބައި ހަލާކުކޮށްލައެވެ. އެއީ ދަތްފަނި ކެއުމޭ މިކިޔާ ކަންތަކެވެ.

ކޮބަޑިޖެހުން ހުއްޓުވާނެ ބައެއް ގޮތްތައް

  • ކޮންމެ ދުވަހަކުވެސް، އެންމެ މަދުވެގެން ދެފަހަރު ދަތް އުނގުޅުން: ދަތް އުނގުޅާއިރު، ހިރުގަނޑާއި ދަތް ބައްދަލުވާ ހިސާބު ސާފުކުރުމަށް ވަކިން ޚާއްޞަ ސަމާލުކަމެއްދޭށެވެ. 
  • ދަތުގެ ޑޮކްޓަރ ގާތު އަހައިގެން، ތިބާއަށް، ޑެންޓަލް ސީލަންޓްއެއް ބޭނުންވޭތޯ ބެލުން
  • ކާނާގެ ބައިތައް ހަމަހަމައަށް ހިމެނޭ (ބެލެންސް ޑައިޓެއް) ކެއުމެއް ކެއުން
  • ދަތްސާފުކުރާރޮދި ބޭނުންކޮށްގެން ދަތްތައް ސާފުކުރުން
  • ކޮންމެ ހަމަހަކުން އެއްފަހަރު ޑެންޓިސްޓެއްގެ އެހީ ހޯދުން

ދަތްތަކުގައި ކޮބަޑިޖެހުމަކީ ގިނަ މީހުންނަށް ކުރިމަތިވެފައިވާ ތަކުލީފަކަށްވާއިރު، އިސްވެ މި ދެންނެވުނު ކަންކަން ހަނދާނުގައި ބަހަށްޓައި، އެއާއި އެއްގޮތައް އަމަލު ކުރުމުން ދަތުގައި ކޮބަޑި ޖެހުމުގެ ފުރުސަތު ހަނިވެގެންދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.