ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވައިދަށް ނުފެތޭ ހެލްމެޓް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، ބުރިޖު އަދި ހައިވޭގައި ޤަވާޢިދާއި ޚިލާފު ހެލްމެޓް ބޭނުންކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެފަދަ ހެލްމެެޓްތައް ބޭނުން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

"މިއީ ރައްކާތެރިކަމަކަށް ނުވާތީ ޤަވާޢިދުގައި ފާހަގަކޮށްފައިވާ މިންގަނޑަށް ނުފެތޭ ހެލްމެޓް ބޭނުންކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ ދަންނަވަން." ފުލުހުންގެ ޓްވީޓުގައިވެއެވެ.

ބުރިޖާއި، ހައިވޭގައި ހެލްމެޓް އެޅުން މަޖުބޫރުކުރީ، މިއަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.

ގަވާއިދާއި ހިލާފްވެއްޖެނަމަ ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ދެވަނަ ފަހަރަށް 750 ރުފިޔާއިން އަދި ދެފަހަރަށްވުރެ ގިނަވާ ކޮންމެ ފަހަރަކު 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އެއްގަމު ދަތުރުފަތުރާއި ބެހޭ ޤާނޫނު ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.