އައްޑޫ ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށްފަހު އައްޑޫ ސިޓީ ކައުންސިލަށް ގޮސްފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ދަށުގައި ތިބި އައްޑޫގެ ޕަބްލިކް ވޯކްސް ސައިޓުގައި މަސައްކަތްކުރާ 124 މުވައްޒަފުންގެ ވަގުތީ ކޮންޓްރެކްޓު ހަމަވެފައިވާއިރު ޕްލޭނިން މިނިސްޓްރީން ވަނީ އެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުމަށް ފޯމެއް ފުރުމަށް މުހުލަތެއް ދީފައެވެ. ނަމަވެސް މުހުލަތު ހަމަވިއިރު ވެސް އައްޑޫ ސައިޓުގެ އެއްވެސް މުވައްޒަފަކު އެ ފޯމު ފުރުމަށް ފަހު ސިވިލް ސާވިސްއަށް ފޮނުވާފައެއް ނުވެއެވެ.

ނަމަވެސް ވަޒީފާގެ ޔަގީންކަން އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު ދެއްވުމުން މުވައްޒަފުން ވަޒީފާ އަށް އޭރު ނިކުތްއިރު މުވައްޒަފުން މަސައްކަތް ހުއްޓާލުމަށްފަހު ކައުންސިލަށް މިއަދު ގޮސްފައިވަނީ ކޮންޓްރެކްޓެއް ނެތި މަސައްކަތް ކުރަން ޖެހުމާއި އެމީހުން މިހާރު މަސައްކަތް ކުރަނީ ކޮން ބައެއްގެ ދަށުންކަން ސާފުކުރުމަށެވެ.

މި ސަރުކާރުން އައްޑޫގައި ހިންގަމުންދާ އެންމެ ބޮޑު ޕްރޮޖެކްޓު ކަމަށްވާ "ސިޓީ ސްކޮޔާ" ގެ މަސައްކަތް ވެސް ޕަބްލިކް ވޯކްސްގެ މުވައްޒަފުން ރެޔާއި ދުވާލު ކުރަމުން އަންނައިރު ސިވިލް ސާވިސްގެ ދަށަށް އެ މުވައްޒަފުން ބަދަލުވާން ބޭނުންވާ ނުވާ މައިގަނޑު ދެ ސަބަބެއް އެބައޮތެވެ.

އެގޮތުން އެއް ސަބަބަކީ ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އާ މުވައްޒަފުންނަށް 55 އަހަރުން މަތީގެ މުވައްޒަފުން ނުނެގޭއިރު ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު، 55 އަހަރުން މަތިވުމުން 19 މުވައްޒަފަކަށް އޮތުމެވެ. ދެން ތިބި މުވައްޒަފުންގެ ކަންބޮޑުވުމަކީ އަލަށް އުފައްދާ ވަޒީފާގައި ލިބޭ މުސާރަކޮޅު ކުޑަވުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.