ކީރިތި ޤުރުއާން ހިތުދަސްކޮށްގެން 16 ފަރާތަކަށް ޙާފިޒުކަމުގެ ސަނަދު އަރުއްވައިފިއެވެ.
ޤުރުއާން ހިތުދަސްކުރި ޙާފިޒުންނާއި ޙާފިޒާއިންނަށް، އާދިއްތަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެޑަލް އަރުއްވާފައިވަނީ ޖުމްހޫރީ ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައެވެ.
ޤުރުއާން ހިތުދަސްކުރި 16 ފަރާތްތަކަށް ޚާއްޞަ އިނާމާއި މެޑަލް ދިން އިރު އޭގެ ތެރޭގައި ހަތް ފިރިހެނަކާއި ނުވަ އަންހެނުން ހިމެނެއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ޙާޞިލުކުރެއްވި ޙާފިޒުންނަކީ؛
- އަލްޙާފިޡާ އާސިޔަތު އާދަމް ފެހިގެ ގއ. މާމެންދޫ
- އަލްޙާފިޡް ޙަސަން އާހިލް އިރުދޭމާގެ ތ. ގުރައިދޫ
- އަލްޙާފިޡާ ޒޫނާ އިސްމާޢީލް ގަސްކަރަ ކ. ގުޅި
- އަލްޙާފިޡް ޢަބްދުﷲ އަލްޔަސަޢަ ބިން ޒަމްޒަމް މއ. ރިހިރާޅު
- އަލްޙާފިޡް ސިބްޣަތުﷲ އަޙްމަދު ރަޝީދާ މަންޒިލް ފ. ނިލަންދޫ
- އަލްޙާފިޡް މުޙައްމަދު ރަފާޙު އަޙްމަދު މ. ބަބުކެޔޮގަސްދޮށުގެ
- އަލްޙާފިޡާ މާޒިނާ ޢަބްދުއްރަޙީމް ކިނާރާ ނ. ލަންދޫ
- އަލްޙާފިޡާ މަރްޔަމް މިކްޔާސް ސަލްމާން އަޅިފަށުވިގެ ގއ. ގެމަނަފުށި
- އަލްޙާފިޡް އަޙްމަދު ނާޒިލް މުޙައްމަދު ހުވަނދުމާގެ ޅ. ނައިފަރު
- އަލްޙާފިޡާ އުރްޖުވާން މުޙައްމަދު މ. މެޑެލްމާގެ
- އަލްޙާފިޡް މުޙައްމަދު ޒާއިން އަޝްރަފް އާބަހާރުގެ ކ. ކާށިދޫ
- އަލްޙާފިޡާ މާއިޝާ ޢަބްދުއްރަޙީމް ކިނާރާ ނ. ލަންދޫ
- އަލްޙާފިޡާ ފާޠިމަތު ޝާޔާ ޒާހިރު މއ. އަސާސް
- އަލްޙާފިޡާ ފާޠިމަތު ޝުޢާޢު ޝާހު ދަފްތަރު ނަންބަރު: ދރ 1519
- އަލްޙާފިޡާ މަރްޔަމް ޙުސައިން ޝެމްރޮކް ސ. ހިތަދޫ
- އަލްޙާފިޡް މޫސާ މާއިޝް މާޖިދު މ. ޝޭޑީރެސްޓް ދެކުނުބައި
މި ފަރާތްތަކުގެ ތެރެއިން އެންމެ ހަގު އުމުރުގައި ޤުރުއާން ހިތުދަސް ކުރައްވައި ނިންމެވީ ފާތިމަތު ޝާޔާ ޒާހިރެވެ. އޭނާ ޤުރުއާން ހިތުދަސް ކުރެއްވީ އުމުރުން އެންމެ ނުވަ އަހަރުގައިކަން ފާހަގަކޮށްލެވެއެވެ.