އައްޑޫ ސިޓީ ނޭޗާރ ޕާކުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގެ އާންމު ފަރާތަކުން އައްޑޫ ނޭޗާރ ޕާކުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވަނީ ބަލައިގަނެ މައްސަލަ ބަލަން ފަށައިފައެވެ.

އައްޑޫ ނޭޗަރ ޕާރކަކީ އައްޑޫ ސިޓީ ހިތަދޫގައި ޙިމާޔަތް ކޮށްފައިވާ އީދިގަލި ކިޅިއާއި، ކޯއްޓޭ ހިމެނޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އެތަން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

މި ހިތްގައިމު ޤުދުރަތީ ޕާކްގެ ހިތްގައިމުކަން ބަޔާންކޮށްދީ "އަފިރިންގެ ނޭޗަރ ޕާރކު" ނަމުގައި ވަނީ ހާއްސަ ލަވައެއްވެސް ނެރެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.