ތިން ރަށެއްގެ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

ފެނަކައިގެ ފަރާތުން ހިންގާ އެ މަޝްރޫއުތަކުގެ ތެރެއިން މިއަދު ބިންގާ އަޅާފައިވަނީ ގއ. ނިލަންދޫ، ގއ. މާމެންދޫ އަދި ގދ. ނަޑެއްލާގައި އިންޖީނު ގެތައް އެޅުމަށެވެ.

ނިލަންދޫގައި އާ އިންޖީނު ގެއެއް އެޅުމަށް ހަވާލުކޮށްފައިވަނީ ކިއު ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށެވެ. އެގޮތުން 6.1 މިލިއަން ރުފިޔާއަށް އެ މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 18 ގައި ނިންމާ ގޮތަށެވެ.

މާމެންދޫގައި އިންޖީނުގެ އެޅުމަށް މިދިޔަ ސެޕްޓެމްބަރު މަހު ޓިކް ޓެކް އިންވެސްޓްމަންޓާއެކު ރަސްމީކޮށް ސޮއިކުރި އެ މަޝްރޫއުގެ އަގަކީ، 5.5 މިލިއަން ރުފިޔާ އެވެ. އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖެނިއަރީ މަހަށެވެ.

މީގެއިތުރުން ނަޑެއްލާގައި އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ޕޮލެން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު އެވެ. އެ މަޝްރޫއުގެ އަގަކީ، 5.5 މިލިއަން ރުފިޔާއެވެ. އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މާޗު މަހަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.