ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ކުރި ހިޔާނާތުގެ ދައުވާ އިސްތިއުނާފު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް(ޕީޖީ) އިން އަނބުރާ ގެންދެވުމުން ސުޕްރީމް ކޯޓުން އެ މައްސަލައިގެ ދައުވާ ފޯމު ބާތިލު ކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް(ޕީޖީ) އިން އަނބުރާ ގެންދެވި މައްސަލައަކީ ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި 2016 ވަނަ ކްރިމިނަލް ކޯޓުން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައެވެ.

ޕީޖީގެ ފަރާތުން އެ މައްސަލަ އިސްތިޢުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހައިކޯޓުން އަދީބުގެ ޙުކުމް ބާތިލް ކުރުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަންތައްތައް ގޮސްފައިވާ ކަމަށް ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.