ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީލޯންޑްރިން މައްސަލައިގެ ޝަރީޢަތް ނޮވެމްބަރ 17 ގައި ބާއްވަން ނިންމައިފިއެވެ.

މިމަހުގެ 05 ވަނަ ދުވަހު އެ މައްސަލައިގެ ޙުކުމް ކުރަން ތާވަލްކޮށްފައި ވަނިކޮށް, މައްސަލަ ބައްލަވާ ގާޞީ ސަސްޕެންޑް ކުރުމުން ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ.

ނޮވެމްބަރ 17 ވަނަ ދުވަހު އެމައްސަލައިގެ ޝަރީޢަތް ބާއްވަން ތާވަލް ކޮށްފައި ވީނަމަވެސް އެދުވަހު އެމައްސަލައިގެ ޙުކުމް އިއްވާނެ ކަމަކަށް ނުބެލެވޭ ކަމަށް ބައެއް ޤާނުނީ ފަރާތްތަކުން ބުނެއެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 152 ވަނަ މާއްދާގައި ވަނީ ފަނޑިޔާރަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ ކޯޓަށް ހާއްޞަ ކުރެވިފައިވާ އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ކަނޑައެޅުން، ނުވަތަ، އެ މައްސަލައިގެ ޝަރީޢަތް އަލުން ބޭއްވުމަށް ކަނޑައެޅުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.