ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ ގައުމީ ކުރިކެޓް ޓީމުގެ ކޯޗު އާސިފް ހާން ހައްޔަރުގައި ބަހަށްޓައިގެން ތަހުގީގު ހިންގަން ފުލުހުންގެ މައްޗަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.

ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން އެ މައްސަލާގައި މިއަދު އިއްވި ހުކުމްގައި އެންގީ އާސިފް ހާން ހައްޔަރު ކުރުމަށެވެ.

އާސިފް ޚާން އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޫބަރު ފަސްވަނަ ދުވަހު، ވެލާނާ އިންޓަނޭޝަން އެއާޕޯޓަށް ފުރަން ގޮސް ހުއްޓައެވެ. އޭނާ ފުރަން މަސައްކަތް ކުރީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.

ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ހައްޔަރުކުރިތާ 24 ގަޑިއިރު ފާއިތުވި ފަހުން ކަމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.