ކުޑަކުޑަ މަސައްކަތެއް ކޮށްލައިގެން ހީލިއަމް ގޭސްފުޅިއަކާއި ފުއްޕާހަން ހިލޭ ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ފަށައިފިއެވެ.
އެގޮތުން މޯލްޑިވް ގޭހުން ހީލިއަމް ގޭސްފުޅިއަކާއި، ފަންސާސް ފުއްޕާހަމާއި، ރިބަން ރޯލެއް ހިލޭ ހޯއްދަވަން ބޭނުންފުޅުނަމަ ކޮށްލަން ޖެހޭ ކުޑަކުޑަ މަސައްކަތް ތިރީގައި އެވަނީއެވެ.
* ފުރަތަމަ މޯލްޑިވް ގޭހުގެ ފޭސްބުކް ގައި ހިއްސާކޮށްފައިވާ "ޝެއާ ކޮމެންޓް އެންޑް ވިން" ޕޯސްޓު ޝެއާ ކޮށްލާށެވެ.
* އެއަށްފަހު މޯލްޑިވް ގޭހުގެ ފޭސްބުކް ޕޭޖަށް ލައިކެއް ދޭށެވެ.
* އޭގެ ފަހުގައި ފަސް ރަހުމަތްތެރިން ޓެގް ކޮށްލާށެވެ.
* ފަހު ކަމަކަށް އެ ޕޯސްޓަށް MaldiveGas# ކޮމެންޓް ކޮށްލާށެވެ.
މޯލްޑިވް ގޭހުން ހާމަ ކުރާގޮތުގައި މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާނީ އަންނަ މަހުގެ 20ގެ ފަހުންނެވެ.
މޯލްޑިވް ގޭހުން ވަނީ އެކި ސައިޒުގެ ހީލިއަމް ގޭސް ގެނެސްފައެވެ. އެގޮތުން 50 ފުއްޕާހަމަށް ވައި ޖަހާލެވޭނެ ހީލިއަމް ޑިސްޕޯސަބަލް ސިލިންޑަރާއި، 470 ފުއްޕާހަމަށް ވައި ޖަހާލެވޭނެ ރީފިލް ކޮށްލެވޭ 47 ލީޓަރުގެ ހީލިއަމް ގޭސް ފުޅި މިހާރު މޯލްޑިވް ގޭހުގައި އެބަހުއްޓެވެ.