ހަލުވިކަމާއި އެކު ގައިން ގަޔަށް އަރާ ޖަރާސީމަކުން ތަޣައްޔަރުވެފައިވާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީ ރާއްޖެއަށް އެތެރެވެފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭން ބުނީ، "ނޯރޯވައިރަސް"ގެ ނަމުން ނަން ދީފައިވާ ޖަރާސީމުން ތަޣައްޔަރުވެފައިވާ މި ރާސްބެރީ ރާއްޖެއަށް އެތެރެވެފައިވާކަމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެމްއެފްޑީއޭއަށް އަންގާފައި ވާ ކަމަށާއި، އެއާއި އެކު އެފަދަ އުފެއްދުންތައް ހޯދާ ބާޒާރުން ނެގުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

އަދި މިހާތަނަށް ބެލިބެލުމުން މި ވައްތަރު ގަނޑުކުރި ރާސްބެރީ އެތެރެފައިވަނީ ހަމައެކަނި ބައެއް ރިސޯޓްތަކަށްކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތި އެތެރެކުރާ، ވިއްކާ އަދި ބޭނުން ކުރާ ފަރާތްތަކުން ފުރިހަމަ މަޢުލޫމާތު ނެތް، އަދި ރައްކާތެރިކަން ކަށަވަރުނުވާ ގަނޑުކުރި ރާސްބެރީ އެތެރެނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.