ރައްޔިތުންގެ މަޖިލީހަށް ޕްރިންސިޕަލެއް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް އެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދުގެ ޖަލްސާއަށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވަޑައިގެންނެވުމުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ޕްރިންސިޕަލެއްގެ ބޭނުން އިންތިހާއަށް ޖެހިފައިވަނިކޮށް، މިނިސްޓަރ ވަޑައިގެންނެވުމުން ޝުކުރު އަދާކުރާ ކަމަށެވެ.

މަޖިލީހަށް ޕްރިންސިޕަލެއްގެ ބޭނުން އިންތިހާއަށް ޖެހިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގަށް، ޓީޗަރަކު ދަރުވަރަކަށް ދޭ ފަދަ އަބަދުތައް ދެމުންނެވެ. 

ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޠާރިގު މަޖިލީހުގައި ކަށިގަނޑު ފުމޭތީ އެކަން ނުކުރާނެ ކަމަށް 100 ފަހަރު ލިޔުއްވުމަށް ރައީސް ނަޝީދު ހޯމަ ދުވަހު އެންގެވިއެވެ. އަދި އިއްޔެ މަޖިލޫހުގެ ތަޅުން ހޫނުވު އަޑުގަދަކުރައްވަން ފެއްޓެވުމުން ޠާރިގުގެ ނަން އިއްވެވުމަށް ފަހު ނަޝީދު ވަނީ "ފާރަށް މޫނު ލައިގެން ކޮއްޅަށް" ހުންނެވުމަށް ޠާރިގަށް އަންގަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.