ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކުރުމާއި ގުޅިގެން، އެ ކޯޓު ވަގުތީ ގޮތުން ހިންގެވުން ގާޒީ އަލީ ރަޝީދުއާ ހަވާލުކުރަން ޖޭއެސްސީއިން ނިންމައިފިއެވެ.

ގާޒީ އަލީ ރަޝީދު ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭގެ ކުރިން އަލީ ރަޝީދު މަސައްކަތްކުރެއްވީ ޑްރަގް ކޯޓުގައެވެ.

ގާޒީ ހައިލަމްއާ ގުޅޭގޮތުން ޖޭއެސްސީން މައްސަލައެއް ބަލަން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

ޖޭއެސްސީން ބުނީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލާގައި ކަންތައްތައް ހިނގާދިޔަ ގޮތް ރޭ ނެރުއްވި ނޫސްބަޔާނުގައި ވަރަށް ތަފްސީލުކޮށް ބުނެފައިވާނެ ކަމާއި އަދި އެއީ މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނަށް ވެސް ދޭން ބޭނުންވާ މައުލޫމާތު ކަމަށް ވިދާޅުވެ ކޮމިޝަނަށް މިއަދު ހާޒިރުވާން އުޒުރުވެރިވާކަން ހާމަކޮށް ގާޒީ ހައިލަމް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

ނަމަވެސް ކޮމިޝަނަށް ހާޒިރުނުވުމަށް ގާޒީ ހައިލަމް ދީފައިވާ އެ ސަބަބަކީ މަގުބޫލު ސަބަބެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޖޭއެސްސީން ބުނެއެވެ. ހައިލަމް ސަސްޕެންޑްކުރީ ޖޭއެސްސީގެ ގާނޫނުގައި ބުނާ 60 ދުވަހަށް ވުރެ ގިނަ ދުވަސް ނުވާނެ ގޮތަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.